4 ކިލޯ މަސްތުވާތަކެއްޗާއެކު ލަންކާއިން ދެދިވެއްސަކު ހައްޔަރުކޮށްފި

މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި ލަންކާގެ ފުލުހުން އަތުލައިގަތް މަސްތުވާތަކެތި/ ފޮޓޯ- ރިޕަބްލިކާ އިންގލިޝް

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ސްރީލަންކާގެ ދެހިވާލާއިން ހަތަރު ކިލޯގެ ހެރޮއިންއާ އެކު ދެދިވެއްސަކު ހައްޔަރުކޮށްފި އެވެ.

މި މީހުން މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ ލަންކާ ފުލުހުންގެ ނާކޮޓިކްސް ބިއުރޯއިން އިއްޔެ ހިންގި ރެއިޑެއްގައެވެ. ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި މި އޮޕަރޭޝަނުގައި ހަމީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭގެތެރޭގައި ދެދިވެހިން ހިމެނޭ ކަމަށެވެ.

މީ މީހުންނާއެކު އެ މީހުން ބޭނުންކުރި ދެ ކާރެއްވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ފުލުހުން ބުނީ ހައްޔަރު ކުރި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރު ކުރާނެ ކަމަށެވެ. ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ލަންކާގައި މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލައިގައި ދިވެހިންވަނީ ހައްޔަރުކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.