ވޯޓު ފޮށި ބެހެއްޓޭނެ ވަރަށް ރަޖިސްޓްރީ ކޮށްފައިވަނީ އެންމެ ރިސޯޓަކުން

މީގެކުރިން ބޭއްވި އިންތިހާބެއްގައި ވޯޓު ފޮށިތަކެއް ބަހައްޓާފައި ހުރި މަރުކަޒެއް: ފޮޓޯ / ސަން

ކުރިޔަށް އޮތް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގެ ވޯޓުގައި، ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓޭނެ ވަރަށް ވޯޓުލާނެ މީހުން ރަޖިސްޓްރީ ކޮށްފައިވަނީ އެންމެ ރިސޯޓެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯޓު ފޮށި ބެހެއްޓުމަށް ހުޅުވާލި 53 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓޭނެ ވަރަށް ވޯޓުލާ މީހުން ރަޖިސްޓްރީ ކޮށްފައިވަނީ އެންމެ ރިސޯޓެއްގައި ކަމަށެވެ. އެއީ ކްލަބު މެޑު ކަނި ފިނޮޅު ކަމަށް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓޭނީ 50 މީހުންނަށް ވުރެ ގިނައިން މީހުން ރަޖިސްޓްރީ ކޮށްގެން ކަަމަށެވެ.

ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން ބޭނުންވާނަމަ މި މަހުގެ 27ގެ ކުރިން އެ ރިސޯޓަކަށް ވޯޓުލާން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީވާން ޖެހެއެވެ. އެހެންނަމަވެސް 50 މީހުން ރަޖިސްޓްރީ ނުކުރާ ކަމަށްވާނަމަ އެ ރިސޯޓެއްގައި ވޯޓުފޮށި ނެބެހެއްޓޭނެއެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގެ ވޯޓުލުން އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *