އެމްޑީޕީގެ ލީޑާޝިޕަކަށް މިހާތަނަށް ރައްޔިތުންނަށް އުފާވެރިކަމެއް ނުގެނެސްދެވޭ: ޑރ. ޖަމީލް

ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރައީސް މުހައްމަދު ނަޝީދާއި ސަލާމް ކުރައްވަނީ --

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ލީޑާޝިޕަށް މިހާތަނަށް ރައްޔިތުންނަށް އުފާވެރިކަމެއް ގެނެސްދެވިފައި ނުވާ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވީ ނިިދިޔަ ހުކުރު ދުވަހު ކައުންސިލް އިންތިހާބުގެ އެމްޑީީޕީގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަމޫނާ ދައްކަވަން ތިއްބެވި ބޭފުޅުންގެ ފަރާތުން ފެނިގެންދާ އަމަލުތަކުގެ ސަބަބުން މުޅި ޖީލަށް އެކަމުގެ ނުރަނގަޅު އަސަރު ފޯރާ ކަމަށެވެ. އެމްޑީޕީގެ ލީޑާޝިޕަށް މިހާތަނަށް ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެވިފައި ނުވާކަން ފާހަގަކުރައްވާ ޑރ. ޖަމީލް ވިދާޅުވީ އެޕާޓީގެ ލީޑާޝިޕަށް މިހާތަނަށް ގެނެސްދެވިފައި ވަނީ ފިތުނަވެރިކަމުގެ ހުތުރު އަމަލު ކަމަށެވެ.

އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ރައީސް ނަޝީދު ވަނީ މާލެސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާފައިވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ނަޝީދު ވަނީ މުއިއްޒަށް "ހޮޅި މުއިއްޒު" މިފަދައިން މުހާތަބުވެސް ކުރައްވާފައެވެ. އަދި ޑރ. މުއިއްޒަކީ މާލެސިޓީ ހަލާކު ކޮށްލުމުގެ މޭސްތިރިޔާ ކަމަށާއި މާލޭގެ ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން އަންނަން މުއިއްޒު ލަދުވެތިވާން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *