ޔޫކްރެއިންގެ ފަތުރުވެރިއަކު ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މަރުވެއްޖެ 

ރިހިވެލި ރިސޯޓް/ ފޮޓޯ- އެއާލައިން ސްޓާފް ރޭޓްސް

ކ. ރިހިވެލި ރިސޯޓު ކައިރައަށް ސްނޯކްލިންގް އަށް ދިޔަ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން ބުނީ، ރިހިވެލި ރިސޯޓު ކައިރިއަށް ސްނޯކްލިންއަށް ގޮސް އުޅުނު ޔޫކްރެއިންއަށް ނިސްބަތްވާ އުމުރުން 48 އަހަރުގެ ފިރިހެން ފަތުރުވެރިއަކު ގެނބިގެން ކ. ގުރައިދޫ ހެލްރް ސެންޓަރަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 11:39 ހާއިރު ކަމަށެވެ.

ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ މި މީހާ ގުރައިދޫ ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށެވެ.

މި މީހާ މަރުވެފައިވަނީ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ފިޓު ޖެހިގެންކަމަށް މައުލޫމާތު ލިބޭކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *