ކުޑަކުދިން ބަހައްޓާ މަރުކަޒުތަކުގެ ނަމުގައި އެހީ ހޯދަން މީހުން ގުޅާކަމުގެ ޝަކުވާ

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތި" /ފޮޓޯ-ސަން

ކުޑަކުދިން ބަހައްޓާ މަރުކަޒުތަކުގެ ނަމުގައި އެހީ ހޯދަން މީހުން ގުޅާކަމުގެ މައުލޫމަތު ޖެންޑާ މިނިސްޓްރީއަށް ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ދިރިއުޅޭ މަރުކަޒުތަކުގެ ނަމުގައި އެކި ފަރާތްތަކުން އެކި ބާވަތުގެ އެހީ ހޯދާކަމުގެ މަޢުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.

އަދި އެފަދަ ޢަމަލުތަކަށް އެންމެހައި ފަރާތްތަކުން ސަމާލުވެ، ފޯނު ކޯލާއި އެސްއެމްއެސްއާއި އީމެއިލް އަދި މިނޫން ވެސް ޒަރިއާތައް މެދުވެރިކޮށް އެމިނިސްޓްރީގެ ނަމުގައި  އެއްވެސް ފަރާތަކުން މި ފަދަ ހަރަކާތެއް ހިންގާކަމުގެ މަޢުލޫމާތު ލިބިފައިވާނަމަ، ލަސްނުކުރައްވައި މިނިސްޓްރީގެ ނަންބަރު 3013017 ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ  ހޮޓްލައިން ނަންބަރު 3322111 އާ ގުޅުއްވައި ޙިއްޞާކުރެއްވުމަށް ޖެންޑާއިން ވަނީ އެދިފައެވެ.

ޖެންޑާ މިނިސްޓްރިން ބުނީ އެމިނިސްޓްރީން އެހީގެ ކަންކަން ކުރިއަށް ގެންދާއިރު ރަސްމީ ލިޔެކިއުން ބަދަލުކުރެވޭނެ ކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާނަމަ، އެމިނިސްޓްރީއާ ގުޅިގެން އެފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ޖެންޑާ މިނިސްޓްރީންވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން މިނިސްޓްރީގެ ނަންބަރާ ގުޅުއްވައިގެން ނުވަތަ މިނިސްޓްރީގެ “ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށާއި މަރުކަޒުތަކަށް ހަދިޔާ ދިނުމަށް އެދި ހުށަހަޅާ ފޯމު” އާއި “ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށާއި މަރުކަޒުތަކަށް ހަދިޔާ ދިނުމަށް އެދި ހުށަހަޅާ ފޯމު” ން އެހީގެ ކަންކަން ކުރިއަށް ގެންދެވޭނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.