ޓީއެމްއޭގެ ބޯޓެއްގެ ފިޔަގަނޑު މޫދުގައި ޖެހި އެކްސިޑެންޓެއް ހިނގައިފި

އެކްސިޑެންޓުވި ޓީއެމްއޭ ބޯޓު: ފޮޓޯ / ސޯޝަލް މީޑިއާ

ޅ. އަތޮޅުގައި އޮންނަ ކުރެއްދޫ ރިސޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ބޯޓެއްގެ ފިޔަގަނޑު މޫދުގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

ޓީއެމްއޭއިން ބުނީ ތަނުގެ ބޯޓެއް ރިސޯޓަކަށް ޖައްސަން އުޅުމުގެ ތެރޭގައި ކުޑަ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. ނަމަވެސް މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޓީއެމްއޭގެ ޓެކްނިކަލް ޓީމުން މިހާރުދަނީ ކުރެންދޫ ރިސޯޓުގަިއ ހަރަކާތްތެރިވަމުން ނެވެ. އަދި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *