ކޮމާޝަލް އެއާލައިނެއް އޮޕަރޭޓް ކުރުމާއި ގުޅޭ ގޮތުން ޖާބިރު ނަހުލާއާ މަޝްވަރާކޮށްފި

Jabir

ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު/ ފޮޓޯ- ރައްޔިތުންގެ މަޖިލިސް

ކޮމާޝަލް އެއާލައިނެއް އޮޕަރޭޓް ކުރުމުގެ ހުއްދަ ހޯދުމުގެ ގޮތުން ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާ ބައްދަލުކުރައްވާ މަޝްވަރާކޮށްފިއެވެ.

ޑީއާރްޕީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ޖާބިރު ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާއާ ބައްދަލުކުރައްވާފައިވާ ކަމަށާއި އެ ބައްދަލުކުރެއްވުމުގައި ކާށިދޫއާ ގާފަރު ކޭބަލް ކާރުކުން ގުޅާލުމުގެ މަޝްރޫއު ގުޅާލުމުގެ މަޝްރޫއުއާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ކޮމާޝަލް އެއާލައިނެއް އޮޕަރޭޓް ކުރުމުގެ ހުއްދަ ހޯދުމުގެ އިތުރުން މުޅި ރާއްޖޭގެ ޓްރާންސްޕޯޓު ނެޓްވޯކަށް ހިޔާލު ހުށަހަޅާފައިވާ ކަމަށެވެ.

ކޭބަލް ކާރު މަޝްރޫއަކީ ޖާބިރު މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި އެމަނިކުފާނުގެ މެނިފެސްޓޯގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް މަޝްރޫއެވެ. އެ މަޝްރޫއުގެ ވާހަކަ ދެއްކުމުން ގިނަބަޔަކަށް ޖާބިރުގެ ވާހަކަތައް ކަމުވެސް ދިޔައެވެ. އަދި އަނެއް ބަޔަކު އެކަމާއި ގުޅިގެން ޖާބިރަށް ވަރަށް ބޮޑެތި ފާޑު ކިޔުންތައް އަމާޒުވެސް ކުރިއެވެ. އަދި ގާފަރާއި ކާށިދޫއާ ދެމެދު ކޭބަލް ކާރަކުން ގުޅާލަނީ ކިހިނެއްތޯވެސް ޖާބިރާއި އެތައް ބަޔަކު ސުވާލުކުރިއެވެ. އެ ސުވާލަށް ޖާބިރު ދެއްވީ ވަރަށް ފިނި ޖަވާބެކެވެ. ވިދާޅުވީ ސިނަމާލެ ބްރިޖު އެޅޭނެ ކަމަށް ގިނަބަޔު ހީނުކުރި ކަމަށާއި ނަމަވެސް އެ ބްރިޖު އެޅި އޭގެ ބޭނުން ކުރަން ފެށުމުން އެކަމަކީ ރާއްޖޭގައިވެސް ވެދާނެ ކަމެއް ކަމަށް ބަޔަކަށް ގަބޫލު ކުރެވުނު ކަމަށެވެ.

ކޭބަލް ކާރު އެޅުމުގެ މަޝްރޫއުގެ ދިރާސާ ކުރުމަށް ދާދިފަހުން ކަމާބެހޭ މާހިރުންތަކެއް ވަނީ ރާއްޖެވެސް އައިސްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *