މަސްތުވާތަކެއްޗާއެކު ތިން މީހަކު ކާށިދޫއިން ހައްޔަރުކޮށްފި

ފުލުހެއް އިންވެސްޓިގޭޓް ކުރުމުގައި/ ފޮޓޯ- ޕޮލިސް

މަސްތުވާތަކެއްޗާއެކު ތިން މީހަކު ކާށިދޫއިން ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ކާށިދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކާށިދޫ ގެއެއް ބަލައި ފާސްކޮށް އެތިން މީހުން މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަނަކީ ކާށިދޫ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި، ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ މީހަކާއި، 38 އަހަރުގެ މީހެއްގެ އިތުރުން 39 އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އެ ތިން މީހުން ހައްޔަރުކޮށް، އެމީހުން ތިބި ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 19 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ކާށިދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.