ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސުވިޒަލޭންޑަށް ވަޑައިގެންފި

ފޮރިން މިނިސްޓަރު ޝާހިދު/ ފޮޓޯ- ފޮރިން މިނިސްޓްރީ

އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 43 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ސުވިޒަލޭންޑުގެ ޖެނީވާއަށް ވަޑައިގެންފިއެވެ.

މިނިސްޓަރު ޖެނީވާއަށް ކުރައްވާ މި ދަތުރުފުޅަކީ ތިން ދުވަހުގެ މުއްދަތައް ކުރައްވާ ދަތުރުފުޅެކެވެ. މި ބައްދަލުވުމުގައި 80 ޤައުމުގެ މަންދޫބުންނާއި ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާއި ބެހޭ ޖަމާއަތްތަކުން، އިންސާނީ ހައްޤުތަކާ ގުޅޭ ކަންކަމާބެހޭގޮތުން މަޝްވަރާ ކުރާނެއެވެ.

މި ބައްދަލުވުމުގައި ރާޢްޖޭގެ ފަރާތުން މިނިސްޓަރު ޝާހިދު 25 ފެބްރުއަރީގައި ތަޤްރީރު ކުރައްވައި، މިސަރުކާރުން އިންސާނީ ހައްޤުތަކުގެ ދާއިރާއިން ހޯދި ކުރިއެރުންތަކާއި ކާމިޔާބީގެ އިތުރުން، ބައިނަލްއަޤްވާމީ އިންސާނީ ހައްގުތަކާއި ބެހޭގޮތުން ތަގުރީރުދެއްވުމަށް ހަމަޖެހިފައި ވެއެވެ.

މީގެ އިތުރުން، އދ. ހިއުމަން ރައިޓްސް ކޮމިޝަނާ މިޝޭލް ބެޗެލެޓް އާއި ވެސް މިނިސްޓަރު ޝާހިދު މިބައްދަލުވުމުގައި ބައިވެރިވާނެއެވެ. މީގެ އިތުރުން ބައެއް ޤައުމުތަކުގެ އިސްވެރިން އަދި ޖަމިއްޔާތަކުގެ ވެރިންނާއި މިނިސްޓަރު ބައްދަލުކުރައްވާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.