އައްޑޫގެ ކަރަންޓު ހާލަތު ރަނގަޅު ކުރުމަށް ގެނައި ޖަނެރޭޓަރުތައް އިންސްޓޯލް ކުރަން ފަށައިފި

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ފެނަކައިން ގެނެސްފައިވާ ދެ މެގަވޮޓުގެ ދެ ޖަނެރޭޓަރު: ފޮޓޯ / ފެނަކަ

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީއަށް ގެންގޮސްފައިވާ ޖަނެރޭޓަރުތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ ޓްވީޓާގައި ބުނެފައިވަނީ އަލަށް ގެންދިޔަ ޖަނެރޭޓު އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން މިފަހަރު އައްޑޫއަށް ގެންގޮސްފައިވަނީ ދެ މެގަވޮޓުގެ ދެ ޖަނެރޭޓަރެވެ.

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ސަރުކާރުން ވަނީ 37.5 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. ޗައިނާގެ ޑޯން ފަންފޭންގް އިލެކްޓްރިކް އިންޓަނޭޝަލްއާ ގުޅިގެން ކުރާ މި މަސައްކަތް ކުރުމަށް ދިވެހި ސަރުކާރާއި ޗައިނާގެ ކުންފުންޏާއި އެކުގައި ވަނީ މިހާރު އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފައެވެ.

އައްޑޫއަކީ މާލެސިޓީ ނެގުމަށްފަހު އެންމެ އާބާދީ ބޮޑު އަތޮޅެވެ. ނަމަވެސް މި އަތޮޅަކީ ރާއްޖޭގައި އެންމެ ބޮޑަށް ކަރަންޓުގެ މައްސަލަ ދިމާވާ އެއް އަތޮޅެވެ. މިހާތަނަށް އެއްވެސް ސަރުކާރަކަށް އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދެވިފައެއް ނެތެވެ.

ހިޔާލު ދެއްވާ!

Your email address will not be published.