ކުރީގެ ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ ހައިކޯޓުގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ފޮޓޯ / އަވަސް

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅާފައިވާ އެ ހުކުމްގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެ މައްސަލާގެ އަޑުއެހުން ބާއްވަން ހަމަޖައްސާފައިވަނީ މާދަމާ މެންދުރުއެވެ.

ޔާމީންގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ ބާއްވާއިރު އެމަނިކުފާނު ހޮސްޕިޓަލުގައި ދުވަސްކޮޅެއް ވަންދެން އެޑްމިޓް ކުރެއްވުމަށްފަހު މިއަދު ވަނީ ދޫކޮށްލާފައެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އެންމެ ބޮޑަށް އެދެމުން ދިޔައީ ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކޮށްދެއްވުމަށެވެ. ނަމަވެސް ހައިކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމާފައެވެ.

ސިއްހީ ހާލުކޮޅު ހުރި ގޮތުން ރައީސް ޔާމީން ވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ އަރިހުގައި އެމަނިކުފާނު ބޭރަށް ފޮނުވުމުގެ ހުއްދައަކަށްވެސް އެދިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *