މައްސަލަ ބަލަނިކޮށް ރިޓަޔާ ކުރިއަސް އިނާޔަތް ނުލިބޭނެ ގޮތަށް ހަދައިފި

ޖޭއެސްސީގެ ބައެއް މެމްބަރުންގެ ބައްދަލުވުމެއް/ ފޮޓޯ- ޖޭއެސްސީ

ސުލޫކީ މައްސަލައެއް ބަލަމުން ދަނިކޮށް އަމިއްލައަށް އެދިގެން ފަނޑިޔާރު ކަމުން ރިޓަޔާވާ ބޭފުޅުންނަށް އިނާޔަތްތައް ނުލިބޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފި އެވެ.

އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ނުވަތަ ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން ރިޓަޔާ ކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގެ ގަވާއިދުގައި ކުރިން އޮންނަނީ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން އަމިއްލައަށް އެދިގެން ނުވަތަ ސިއްްހީ ސަބަބުތަކަށްޓަކައި ޖޭއެސްސީން ރިޓަޔާ ކުރަން ނިންމާ ބޭފުޅުންނަށް އިނާޔަތްތައް ހަމަޖައްސައިދޭ ގޮތަށެވެ.

އެ ގަވާއިދަށް މިދިޔަ ހަފުތާގައި ގެނައި އިސްލާހުގައިވާ ގޮތުން، ރިޓަޔާ ކުރައްވަން އެދިވަޑައިގަންނަވާ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުން އަންނަ ނަމަ ނުވަތަ އެފަދަ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ނަމަ، އެ ފަނޑިޔާރަކަށް އިނާޔަތް ހަމަޖައްސައި ނުދެވޭނެ ކަމަށެވެ.

ރިޓަޔާ ކުރައްވާ އިރު އެފަދަ މައްސަލަ އެއް ނެތް ފަރާތްތަކަށް ކުރިންވެސް އޮންނަ އުސޫލުގެ މަތިން މާލީ އިނާޔަތްތަކާއި ލިވިން އެލަވަންސާއި މެޑިކަލް އިންޝުއަރެންސްގެ އިތުރުން ސެކިއުރިޓީ ހަމަޖައްސައިދެވޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *