ނައިފަރުގެ ތިން ގެއެއް ޓެރަރިޒަމްގެ މައްސަލައަކާއި ގުޅިގެން ބަލާ ފާސްކޮށްފި

ނައިފަރު: ކޮވިޑަށް ނައިފަރުގެ ގިނަ ބަޔަކު ޕޮޒިޓިވްވެ މިދިޔަ މާޗު މަހުގެ 23ވަނަ ދުވަހުން ފެށިގެން ނައިފަރު ވަނީ މޮނީޓަރިންގެ ހާލަތުގައި ---

ޅ. ނައިފަރުގައި ޓެރަރިޒަމްގެ މައްސަލައަކާއި ގުޅިގެން ތިން ގެއެއް ބަލާ ފާސްކޮށްފިއެވެ.

މި ތިން ގެވެސް ބަލާ ފާސްކޮށްފައި ވަނީ އިއްޔެއެވެ. ފުލުހުން ބުނީ މި ތިން ގެ ބަލާ ފާސްކުރީ މި މަހުގެ 21ވަނަ ދުވަހުގެ ހަވީރު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ކަމަށެވެ. މި ތިންގެވެސް ފުލުހުން ބަލާ ފާސްކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި ތިން ގެ ބަލާ ފާސްކުރުމުގެ ތެރޭގައި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޓެރަރިޒަމްގެ މައްސަލައަކާއި ގުޅިގެން ނައިފަރުން ގެތަކެއް ބަލާ ފާސްކުރިއިރު މިދިޔަ އަހަރުގެ ތެރޭގައި ރ. މަޑުއްވަރީގައިވެސް ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ. އެގޮތުން އެ އޮޕަރޭޝަން ހިންގީ ހަރުކަށި ފިކުރު ފަތުރާ މީހުންނާއި ދެކޮޅަށެވެ. އެ އޮޕަރޭޝަންގައި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންދިޔައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.