ރޭޕްގެ ތުހުމަތު ކުރެވުނު ސިފައިންގެ މީހާގެ މައްޗަށް ދައުލަތުން ދައުވާކޮށްފި

ސިފައިންގެ ބަޔަކު މަގުމަތީގައި: ފޮޓޯ / މިހާރު

އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތު ކުރެވޭ ސިފައިންގެ މީހާގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ހދ. ނޮޅިވަރަންފަރު، ޝެހެނާޒު، މުހައްމަދު އަލީގެ މައްޗަށް "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު" ގެ ތިން ވަނަ މާއްދާގެ ހ. އާ ހަވާލާދީ އެ މާއްދާގެ ނ. ގެ ދަށުން، ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ. އެ އޮފީހުން އަދި ބުނީ، އޭނާގެ މައްޗަށް ކުރާ ދައުވާ އަކީ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ ކަމަށެވެ.

މުހައްމަދު އަލީއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ޕީޖީން ހާމައެއް ނުކުރެއެވެ.

މި މައްސަލަ ފެންމަތިވީ ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކު އެކުއްޖާގެ ކާފައާ މުނިކާފަ ރޭޕްކުރި ކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުން ބޭއްވި އެ މަޖިލީހުގެ ޖެންޑާ ކޮމެޓީގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ކުރެއްވި ތުހުމަތުތަކަކާއި ގުޅިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *