ހދ. ވައިކަރަދޫއިން ކުޑަ ކިނބުލެއް އެރަށު ޒުވާނުން ހިފައިފިއެވެ.
އެނގިފައިވާ ގޮތުގައި މި ކިނބޫ ހިފިއިރުވެސް ވަނީ މަރުވެފައެވެ. ވައިކަރަދޫ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި މި ކިނބުލަކީ އެރަށަށް ލެއްގި ކިނބުލެކެވެ. މި ކިނބޫ ލެއްގީ މިއަދު އިރުއޮއްސުނުއިރު 6:15 ހާއިރު ކަމަށްވެސް ވައިކަރަދޫ ކައުންސިލުން މައުލޫމާތުދެއެވެ.
މި ކިނބުލުގެ ދިގު މިނުގައި ގާތްގަނޑަކަށް ހަތަރު ފޫޓު ބައިވަރު ހުރެއެވެ. އާއްމު ގޮތެއްގައި ކިނބުލަކީ 15 ފޫޓަށް ބޮޑުވާ އެއްޗެކެވެ.