ކަޅުވަކަރު މިސްކިތް އަލުން ރާވާ ނިންމާލައިފި

ކަޅުވަކަރު މިސްކިތް އަލުން ރާވާފައި: ފޮޓޯ / ހެރިޓޭޖު މިނިސްޓްރީ

ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ނިންމާލައިފިއެވެ. ކަޅުވަކަރު މިސްކިތް އަލުން ރާވާފައި މިވަނީ ކުރީގެ ދިރާގު ހެޑް އޮފީސް ހުރި ސަރަހައްދުގައެވެ.

ހެރިޓޭޖު މިނިސްޓްރީން އިއްޔެ ބުނީ މުޅި މިސްކިތް އެއްކޮށް ރާވާ ނިންމާލާފައިވާ ކަމަށެވެ. އެގޮތުން އެންމެ ފަހު މަސައްކަތެއްގެ ގޮތުގައި ކޮށްފައި ވަނީ އެ މިސްކިތުގެ ވަޅު ބެހެއްޓުމުގެ މަސައްކަތެވެ. މިހާރު ކުރިޔަށް ދަނީ މިސްކިތް ބަހައްޓާފައި ހުރި ސަރަހައްދު ޒީނަތްތެރި ކުރުމުގެ މަސައްކަތެވެ.

މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަސައްކަތް ނިމިފައިވާ އިރު، އެތަން ރަސްމީކޮށް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. މިކަމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ކަޅުވަކަރު މިސްކިތް އެންމެ ފުރަތަމަ ހުރީ މަޖީދީމާގާއި ކަރަންކާމަގު އިންވާ ހުޅަނގު އުތުރު ކަންމަތީގައެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެ މިސްކިތް ނީލަން ކިޔައި، ކ. ފުރަނަފުށީގައި ބެހެއްޓިއެވެ. ފަހުން ރައީސް މައުމޫނުގެ ވެރިކަމުގައި 1980 ވަނަ އަހަރުގެ ކުރީކޮޅު އެ މިސްކިތް އަލުން މާލެ ގެނެސް ބެހެއްޓީ ސަލްޓަން ޕާކުގެ އިރު ދެކުނު ކަނުގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަލްޓަންޕާކު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ވިންޓާ ޕާކެއް އެޅުމަށްޓަކައި ކަޅުވަކަރު މިސްކިތް ރޫޅާލައި، ހުރި ތަނުން ނެގިއެވެ.

Leave a Reply

Your email address will not be published. Required fields are marked *