އިންތިހާބާއި ނުލާ ކުޑަފަރި ތިން ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފި

ކުރިޔަށް ލޯކަލް ކައުންސިލް އިންތިހާބުގެ ނ. ކުޑަފަރީ ތިން ގޮނޑި ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން އިންތިހާބަކާއި ނުލާ ކާމިޔާބުކޮށްފިއެވެ.

އެމްޑީޕީއަށް އެ ތިން ގޮނޑި ކަށަވަރުވީ އެ ތިން ގޮނޑިއަށް އެހެން ކެންޑިޑޭޓުން ވާދަ ނުކުރުމުގެ ސަބަބުންނެވެ. ކަށަވަރުވީ ކައުންސިލްގެ ރައީސްގެ ގޮނޑި، އެ ރަށު ވާދީ އަލީ ޝަމީމަށެވެ. އިތުރަށް ކަށަވަރުވި ދެ ގޮނޑިއަކީ  އެރަށު ކައުންސިލުން އަންހެނުންނަށް ހާއްސަކުރާ ދެ ގޮނޑިއެވެ. އެ ދެ ގޮނޑި ކާމިޔާބު ކުރެއްވީ ދިމްޝާ އަބްދުލްމަޖީދާއި ހުމާމް އަބްދުއްރަހުމާނެވެ.

އިންތިހާބަކާއި ނުލާ ގޮނޑި ކަށަވަރުކުރި މި ތިން ބޭފުޅުން އެމްޑީޕީގެ ޓިކެޓުވެސް ކަށަވަރު ކުރީ ޕްރައިމަރީއަކާއި ވެސް ނުލައެވެ. މި ތިން ބޭފުޅުންގެ ގޮނޑި ކަށަވަރުވެފައިވީ ނަމަވެސް ބާކީ އޮތް ދެ ގޮނޑިއަށް ތިން ކެންޑިޑޭޓަކު ވަނީ ކުރިމަތިލާފައެވެ.

ކުޑަފަރީ ކައުންސިލުގައި ހިމެނެނީ ޖުމްލަ ފަސް ކައުންސިލަރުންނެވެ. ތިންގޮނޑި އެމްޑީޕީއަށް ކަށަވަރުވުމާއެކު އެ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް މިހާރު މިވަނީ ލިބިފައެވެ.

ކުޑަފަރި ކައުންސިލްގެ ތިން ގޮނޑިވެސް އިންތިހާބަކާއި ނުލާ ކާމިޔާބު ކުރުމުން އެމްޑީޕީން އަންނަނީ އުފާފާޅު ކުރަމުންނެވެ. އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ ވޯޓުގެ ކުރިން އެމްޑީޕީން މެޖޯރިޓީ ކަށަވަރުކޮށްފި ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.