އިމްރާން އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހުއާ ބައްދަލުކުރައްވައިފި

އިންޑިއާގެ ހޯމް މިނިސްޓަރާއި ރާއްޖޭގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައްދަލުކުރައްވަނީ: ފޮޓޯ / އިންޑިއާ ހޯމް މިނިސްޓްރީ

ރަސްމީ ދަތުރުފުޅެއްގައި މިހާރު އިންޑިއާއަށް ވަޑައިގެން އުޅުއްވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހުއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމާއި ގުޅިގެން އިންޑިއާ ސަރުކާރުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހުއާ ބައްދަލުކުރެއްވީ މިއަދު ނިއުދިއްލީގައި ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވެސް ސެކިއުރިޓީ އަދި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާތަކުން ގުޅުން ބަދހަިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށް އިންޑިއާ ސަރުކާރުން ބުންޏެވެ.

https://twitter.com/AmitShah/status/1230824630748770304?s=20

Leave a Reply

Your email address will not be published. Required fields are marked *