އިންޑިއާއާ ދެކޮޅު ކެމްޕެއިނަށް އިސްނެގީ އަޅުގަނޑު، އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ފައިބަން: ޔާމީން

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީން ޕީޕީއެމް / ޕީއެންސީ އިން ބޭއްވި "މަރުހަބާ ރައީސް ޔާމީން" ޖަލްސާގައި ވާހަކަ ދައްކަވަނީ: ފޮޓޯ / ހަތާވީސް

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން އިންޑިއާއާ ދެކޮޅަށް ކުރިޔަށް ގެންދާ ކެމްޕެއިން އަކީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީން އިސް ނަންގަވައިގެން ފެއްޓެވި ކަމެއް ކަމަށާއި ރާއްޖެއިން އިންޑިއާ އަސްކަރިއްޔާ އިން ޖެހޭނީ ފައިބާން ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރުމުން "މަރުހަބާ ރައީސް ޔާމީން" އެ ނަމުގައި އިދިކޮޅުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެ އަކީ އިންޑިއާގެ އަވަށެއް ނޫން ކަމަށެވެ. ޔާމީން ވިދާޅުވީ އެފަދައިން ވިދާޅުވީ އެތައް ހާސް ރައްޔިތުންތަކެއްގެ ލީޑަރެއްގެ ހައިސިއްޔަތުންނާއި ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ކަމަށެވެ.

"އަޅުގަނޑުމެންނެއް ބޭނުމެއް ނުވޭ އިންޑިއާގެ މިލިޓަރީގެ އެންމެ މީހަކުވެސް އެންމެ ބޫޓު ޖޯޑެއްވެސް އަޅުގަނޑުމެންގެ ފަސްގަނޑުގައި ހުންނާކަން،" ޔާމީން ވިދާޅުވިއެވެ.

ދިވެހި ގައުމީ ދިފާއީ ބާރުގެ އިސްވެރިންނަށް އަމާޒުކޮށް ރައީސް ޔާމީން ވިދާޅުވީ އެބޭފުޅުން އިހުތިރާމްކޮށް ދަމަހައްޓަން ޖެހޭނީ އެއިރެއްގައި އޮންނަ ސަރުކާރެއް ނޫން ކަމަށާއި އެއީ އެބޭފުޅުންގެ ޒިންމާއެއް ނޫން ކަމަށެވެ. މާތް ރަސްކަލާނގެ ގަންދީ ހުވާ ކޮށްގެން ތިބީ އިސްލާމްދީނާއި ދިވެހި ގައުމު ދިފާއު ކުރުމަށް ކަމަށާއި އެބޭފުޅުންގެ ހުވާގައި ރައީސުލްޖުމްހޫރިއްޔާ މަގުން ކައްސާލައިގެން ދާއިރު ހިމާޔަތް ކުރުމަށް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަދި ހާއްސަކޮށް ގާނޫނުއަސާސީގައި ލިޔެފައި އޮންނާނެ ސަލާމަތީ ދެބާރަށް އެއްވެސް މީހަކު ނުޖެހޭ ގާނޫނާ ހިލާފު އަމުރެއް ތަންފީޒު ކުރާކަށް. މިއަދު ކޯއްޗެއްތޯ މި ފެންނަނީ. އެހެންވީމަ ޑރ. ޖަމީލް ވިދާޅުވިހެން އަޅުގަނޑުވެސް ދަންނަވާލާނީ. ގާނޫނުތަކަކީ ލިޔެފައި އޮންނަ އެއްޗެކޭ ތަންފީޒު ކުރުމޭ އަޅުގަނޑުމެން ބަލަން މި ޖެހެނީ،" ދެ އަހަރެއްހާ ދުވަހު މިފަދަ ބޮޑު ޖަލްސާއެއްގައި ވާހަކަފުޅު ނުދައްކާ ހުންނެވުމަށްފަހު މިރޭ ޔާމީން ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދިން ހެލިކޮޕްޓަރުތައް ޔާމީންގެ ސަރުކާރުގައި ފޮނުވާނުލީ ކީއްވެތޯ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޝަމާލް ވިދާޅުވުމުން ޔާމީން ވަނީ ޝަމާލަށް ފާޑު ވިދާޅުވެފައެވެ. ޔާމީނަށް ބޮޑުބޭބެ ވެސް ވިދާޅުވާ ޝަމާލަށް ފާޑު ވިދާޅުވެ އަދި ޝަމާލް ދެއްކެވި ވާހަކައަށް ރައްދު ދެއްވާ ޔާމީން ވިދާޅުވީ ކުރި މަސައްކަތްތައް [ހެލިކޮޕްޓަރުތައް ފޮނުވާލަން ކުރި މަސައްކަތް] ޑިފެންސް މިނިސްޓްރީގައި ފެންނަން ހުންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އިންޑިއާ ސިފައިން ބޭރުކުރަން ގޮވަންފެށީ އުމަރުނަސީރު އެއީއުމަރުނަސީރު ސްލޯގަންއެއް ވަރަށްސާފް ޔާމީނު ތިޔަޖެހުނީ ދަލުބޭރުން

  2. އެއްވެސްް ގައުމެއްގެެ ސިފައިންނާާ ފުލުހުންް އެހެންގައުމެއްގައިި ތިބޭކަމައްވަންޏާާ އެކަމުގެެ ބިރުވެރިކަމާއިި ކުރައްކާާ ދާދިކުޑަވަގުތުކޮޅެއްގެެ ތެރޭގައިި އަރާހަމުރާނެެ ބައެއްމީހުންގެެ ވިސްނުންހުންނަނީީ އެއްފަހަރުު ކޮންމެގޮތަކުންވިޔަސްް ކެވޭނެގޮތެއްް އަނެއްފަހަރުު ކާގަޑިޖެހުނީމަަ އަތުޖެހުނުު އެއްޗެއްް ކިތަންމެކުޑަަ އަގަކައްވިޔަސްް ވިއްކާލާފަަ އެބޭނުންވާވައްތަރެއްގެެ އެތިކޮޅެއްް ލިބުނީމަަ ފުދިފަަ މީދިރިއުޅުންތޯޯ ނޫނީީ ހޭވޭތޯޯ ނޫނީީ ހޭކޭތޯޯ މީދިވެހީންގެެ ގައުމުު މީމިނިވަންް މުސްތަގިއްލުު އިސްލާމީގައުމެއްް މިގައުމައްް އިހާނަތިވާމީހަކައްް މިގައުމުއިހާނަތިވާނެެ

  3. އިންޑިއާ ސިފައިންނާ ދެކޮޅު ކެމްޕޭން އިސްނެގީ އެންމެފުރަތަމަ އުމަރު ނަސީރު އޭތި މަޑުމަޑުން ވައިގަ ހިފަން ފެށީމާ ޕީޕީ އެމް ނުކުންނަންފެށީ ރަށްޔިތުންނަށް އޮޅުވައިލާން ނޫޅެބަލަ ވަރަށް ވަރަށް ސާފް އިނގޭތޯ

ހިޔާލު ދެއްވާ!

Your email address will not be published.