ޑީކޯވި މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފި

ޑީކޯވި މީހަކު އިތުރު ފަރުވާއަށް މާލެއަށް/ ފޮޓޯ- އެމްއެންޑީއެފް

ޑީކޯވި މީހަކު އިތުރު ފަރުވާއަށް އެމްއެންޑީއެފްއިން މާލެ ގެނެސްފި އެވެ.

އެމްއެންޑީއެފުން މައުލޫމާތްދޭ ގޮތުގައި، ޑީކޯ ވެގެން ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދީފައިވަނީ އުމުރުން 51 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

އަދި އިތުރު ފަރުވާ އަށް އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު ތ. ވޭމަންޑޫ އަށް ގެންގިސްފައިވާ ކަމަށާއި، އެ ރަށުގައި އޮންނަ ސީއެމްބިއުލާންސްގައި އޭނާ މާލެ ގެނެސްދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އޭނާ މާލެ ގެނެސްދީފައިވަނީ މިއަދު މެންދުރު 2:55 ހާއިރުއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.