ނޭކުރެންދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން މައްސަލައިގަ ދެ މީހަކު ހައްޔަރުކޮށްފި

ހދ. ނޭކުރެންދޫ/ ފޮޓޯ- އައިލްސް

ހދ. ނޭކުރެންދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގަ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް މައުލޫމާތު ދޭގޮތުގައި މިމާރާމާރީ ހިންގާފައިވަނީ ރޭ 23.50 ހާއިރުއެވެ. އަދި މާރާމާރީގައި ހަމަލާދީފައިވަނީ އުމުރުން 60 އަހަރުގެ މީހަކަށެވެ.

އަދި މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 29 އަހަރާއި 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މިހަމަލާގައި އަނިޔާވެފައިވާ މީހާއަށް ފަރުވާ ދިނުމަށް ނޭކުރެންދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި، އޭނާގެ ބޮލަށް ލިބިފައިވާ އަނިޔާތަކާ ގުޅިގެން ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް އޭނާ ކުޅުދުއްފުށީ ސަރަހައްދީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އިތުރު ފަރުވާ ދިނުމަށް އޭނާ މާލެ ގެންނެވުމުގެ މަސައްކަތް މިހާރު ކުރައްވަމުންދާ ކަމުގައި ފުލުހުން ބުނެއެވެ.

ފުލުހުންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ނެވެ.

Leave a Reply

Your email address will not be published. Required fields are marked *