ސިފައިންގެ މީހަކު ކުޑަކުއްޖާ ބެހެން އުޅުނު ކަމަށް ބުނާ ވާހަކައަކީ ދޮގެއް: އެމްއެންޑީއެފް

ސިފައިންގެ ބަޔަކު މަގުމަތީގައި: ފޮޓޯ / މިހާރު

މާލޭގެ ގެސްޓު ހައުސްއަކަށް ސިފައިންގެ މީހަކު ކުޑަ ކުއްޖަކު ގޮވައިގެން ގޮސް އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރަން އުޅެނިކޮށް ފުލުހުން ހައްޔަރުކުރި ވާހަކަ އެމްއެންޑީއެފުން ދޮގުކޮށްފިއެވެ.

އެމްއެންޑީއެފްއިން ބުނީ ސިފައިންގެ މީހަކު މާލޭގެ ގެސްޓު ހައުސްއަކަށް ކުޑަކުއްޖަކު ގެންގޮސް އެކުއްޖާއަށް ޖިންސީ ގޯނާ ކުރަން އުޅެނިކޮށް ފުލުހުން ހައްޔަރުކުރި ކަމަށް ސޯޝަލް މީޑިއާގައި ދެކެވެމުން އަންނަ ވާހަކަތަކަކީ ދޮގު ވާހަކައެއް ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ކަމެއް ހިނގި ކަމަށް ފުލުހުންގެ ފަރާތުން އެމްއެންޑީއެފްއަށް އަންގާފައިވެސް ނުވާ ކަމަށެވެ.

ދާދިފަހުން ދެ އަހަރުގެ ކުޑަ ކުއްޖަކަށް ގއ. ކަނޑުހުޅުދޫގައި ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވެ މަޖިލީހުގެ ޖެންޑާ ކޮމެޓީން ބޭއްވި ބައްދަލުވުމެއްގައި 15 އަހަރުގެ އަންހެން ކުއްޖަކު ސިފައިންގެ ދެ މީހަކު ރޭޕްކުރި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމްއެންޑީއެފްއިން ބުނީ އެފަދަ ކަމެއް ހިނގާފައިވާ ކަމުގެ މައުލޫމާތު އެއްވެސް ފަރާތަކުން އެ މުއައްސަސާއާ ހިއްސާ ކޮށްފައި ނުވާ ކަމަށެވެ.

މީގެއިތުރުންވެސް ސިފައިންގެ މަތީ މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކެއް ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ ވާހަކަތަކެއްވެސް ދައުރުވިއެވެ. ނަމަވެސް އެވާހަކަތައްވެސް އެމްއެންޑީއެފްއިން އައީ ދޮގު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *