ލަންކާއިން ދިވެހިންތަކެއް ހައްޔަރުކުރި ވާހަކަ ފުލުހުން ދޮގުކޮށްފި

ފުލުހުންގެ ދިދަ --

މިދިޔަ އޭޕްރީލް މަހު އަވަށްޓެރި ސްރީލަންކާގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ލަންކާއިން ހަތަރު ދިވެއްސަކު ހައްޔަރުކުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.

ސްރީލަންކާގެ ކަމާއިބެހޭ އިދާރާތަކުން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހާމަކޮށްފައިވާ ގޮތުގައި މިއަދު އެ ގައުމުން އެއްވެސް ދިވެއްސަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި 2019ވަނަ އަހަރުގެ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ވެސް އެއްވެސް ދިވެއްސެއްގެ ބައިވެރިވުމެއް އޮތްކަން މިހާތަނަށް ސްރީލަންކާގެ އެއްވެސް ކަމާއިބެހޭ
އިދާރާއަކުން ފުލުހުންނަށް ކަށަވަރު ކޮށްދީފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

“ޓެރަރިޒަމްއާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ގުޅުންހުރި އެހެން މުއައްސަސާތަކާއި ގުޅިގެން ގައުމީ ފެންވަރުގަ އާއި ބައިނަލްއަގްވާމީ ފެންވަރުގަ ކުރަންޖެހޭ އެންމެހާ މަސައްކަތްތައް މި ސާވިސްއިން ކުރަމުންދާނެކަމުގެ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،” ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން މިހެން ބުނި ނަމަވެސް، ލަންކާގެ ބައެއް ނޫސްތަކުގައި ދިވެހިންތަކެއް ހައްޔަރުކުރި ވާހަކަ ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެ ދިވެހިން ހައްޔަރުކުރީ ލަންކާގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ކަމަށް ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލީ މައުލޫމާތުތަކެއް އެގައުމުގެ ނޫސްތަކުގައިވެސް ނެތެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.