ލަންޑަންގެ މިސްކިތެއްގައި މީހެއްގެ ކަރަށް ވަޅި ހަރައިފި

ލަނޑަން ސެންޓްރަލް މޮސްކުގައި ވަޅި ޖެހި މީހަ ފުލުހުން ހައްޔަރުކޮށްފައި/ ފޮޓޯ- ބީބީސީ

ލަންޑަނުގެ މިސްކިތެއްގައި ނަމާދަށް ހުރި 70 އަހަރުގެ މުސްކުޅި މީހެއްގެ ކަރަށް ވަޅި ހަރާ ޒަހަމްކޮށްލައިފިއެވެ.

ވަޅި ހަރާފައިވަނީ ސެންޓްރަލް ލަންޑަންގައި ހުންނަ "ރެޖެންޓްސް ޕާކް މޮސްކުގައި" މިއަދުގެ ހަވީރުގެ ވަގުތެއްގައި ކަމަށް ނޫސްތަކުން ރިޕޯޓް ކުރެއެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނެފައި ވަނީ އޭނާވަނީ އެ މުސްކުޅި މީހަގެ ކަަރަށް ވަޅި ހަރާފަ ކަމަށެވެެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެ މުސްކުޅި މީހާގެ ގައިގެ އެކިތަންތަން ވަނީ ޒަހަމްވެފައެވެ. އަދި ވަގުތުން އިމަޖެންސީ ސާވިސްއަށް ގުޅައި، އޭނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެމީހާގެ ކަރަށް ވަޅިން ހަމަލާ ދިން ނަމަވެސް އެ ހަމަލާއަކީ އޭނާގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާއެއް ނޫންކަމަށް ރިޕޯޓް ތަކުން ބުނެއެވެ.

މި ހާދިސާގައި އެމީހާ ގަޔަށް ވަޅި ހެރިމީހާ މިސްކިތުން ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މައްސަލަ ލަންޑަންގެ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ރިޕޯޓް ތަކުން ބުނެއެވެ.

މިސްކިތުގެ ތެރޭގައި ނަގާފައި ހުރި ފޯޓޮ ތަކުން ދައްކުވައިދޭ ގޮތުގައި، ވަޅި ހެރި މީހަ ހުރީ ރަތް ކުލައިގެ ޖެކެޓަކާއި ޖީންސެއް ލައިގެންނެވެ. ލަންޑަނު ފުލުހުން އޭނާ ހައްޔަރުކުރީ ބިންމައްޗަށް ވައްޓާލައިގެންނެވެ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *