ހުޅުމީދޫ ބަހާއުއްދީން މަގުގައި ފުރަތަމަ ތާރު ފަށަލަ އަޅައިފި

ހުޅުމީދޫ ބަހާއުއްދީން މަގުގަ ތާރުއެޅުން/ ފޮޓޯ- ޓުވީޓާ

އައްޑޫސިޓީ ހުޅުމީދޫ ބަހާއުއްދީން މަގުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެގޮތުން މިހާރު އެ މަގުގައި ވަނީ ތާރު އެޅުމުގެ ގޮތުން ފުރަތަމަ ތާރު ފަށަލަ އަޅާފައެވެ. އައްޑޫސިޓީ ހުޅުމީދޫ ބަހާހުއްދީން މަގުގައި ތާރު އެޅުމުގެ މަސައްކަތް ނައިބު ރައީސް ފައިސަލް ނަސީމް ފައްޓަވައިދެއްވީ މިދިޔަ އަހަރުގެ އޭޕްރީމަހުގެ 4 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރެވުނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުގައެވެ. އެމްޓީސީސީ ހަވާލު ކޮށްގެން ސ. ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫޢަކީ 32 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 8 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއުގެ ދަށުން ދެ ކިލޯމީޓަރުގެ ސަރަޙައްދެއްގައި ރަނގަޅު ފެންވަރަކަށް ތާރުއަޅައިގެން ހެދުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މަގުގައި މަގުބައްތި ޖެހުމާއި ސައިޑްވޯކް ގާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.