މީގެ ފަހުން 24 ގަޑިއިރު ތެރޭ ވޯކް ވިސާ ލިބޭނެ

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން (ހަނަފީ)/ ފޮޓޯ- މޯލްޑިވްސް އިމިގްރޭޝަން

އަންނަ އާދީއްތަ ދުވަހުން ފެށިގެން ވޯކް ވިސާއަށް އެދި ހުށަހަޅާ ފަރާތްތަކަށް 24 ގަޑިއިރު ތެރޭގައި ވިސާ އެޕްރޫވަލް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ވޯކް ވިސާއަށް އެދި ހުށަހަޅާ ފަރާތްތަކަށް 24 ގަޑިއިރު ތެރޭގައި ވިސާ އެޕްރޫވަލް ލިބޭނީ އެޕްލިކޭޝަންތަކުގެ ތެރެއިން ހުރިހާ ލިޔެކިޔުމެއް ފުރިހަމަ ކުރާ ފަރާތްތަކަށް ކަމަށެވެ.

މިކަމާއި ގުޅިގެން އިމިގްރޭޝަނުންވަނީ ރާއްޖެއަށް ބިދޭސީ މަސައްކަތު މީހުން ގެންނަ ބޮޑެތި ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.

އަދި އެ ބައްދަލުވުމުގައި އިންފޮމޭޝަން އޮފިސަރު ހަސަން ހަލީލް ވިދާޅުވީ އިމިގްރޭޝަނުން ވޯކް ވިސާގެ ހިދުމަތްތަކަށް ރަނގަޅު ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.

މި އައި ބަދަލާއެކު 23 ފެބްރުއަރީ އިން ފެށިގެން ވޯކް ވިސާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން ހުރިހާ ލިޔެކިޔުމެއް ފުރިހަމައަށް ހުށަހަޅާ ފަރާތްތަކަށް، އެޕްލިކޭޝަން ހުށަހަޅާތާ 24 ގަޑިއިރު ތެރޭގައި ވޯކް ވިސާ އެޕްރޫވަލް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އަދި ވިސާއަށް އެދި އިމިގްރޭޝަނަށް ޕާސްޕޯޓު ހުށަހަޅާތާ 48 ގަޑިއިރުގެ ތެރޭގައި އަދި ބަލްކު ކޮށް ނުވަތަ ގިނައަދަދެއްގެ ވޯކް ވިސާއަށް އެދި ހުށަހަޅާ ބޮޑެތި ކުންފުނިތަކާއި އެޖެންސީތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ޑެޑިކޭޓެޑް ވިސާ އޮފިސަރު (ޑީވީއޯ) ގެ ނަމުގައި ވަކި އޮފިސަރެއް ހަމަޖެހިގެން ދާނެ ކަމަށް ވެސް އިމްިގްރޭޝަނުން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.