ހާލަތުން އެބަ އަރައިގަނެވޭ، ވައިރަސް ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި: ސަފީރު

ޗައިނާއިން ރާއްޖެ ކަނޑައަޅުއްވާފައިވާ ސަފީރު ޖަންގް ލިޖޮންގް / ފޮޓޯ- ދަ އެޑިޝަން

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގައި ފެތެރުން ފެށި ކޮރޯނާ ވައިރަސް ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ރާއްޖެއަށް ޗައިނާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ.

ޗައިނާގެ އެމްބަސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ ޗައިނާއަށް ދިމާވި ހާލަތުން އަރައިގަތުމަށް ދިވެހި ރައްޔިތުންނާއި ސަރުކާރުން ވެދިން އެހީތެރިކަން އަބަދުވެސް ހަނދާން ހުންނާނެ ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތުން ޗައިނާގެ ރައީސަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށާއި އެ ސިޓީގައި ޗައިނާގެ ރައްޔިތުންނަށް ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ފަރާތުން އެއް މިލިއަން މަސް ދަޅު ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ޗައިނާގެ ސީދާ އުދުހުންތައް ރާއްޖެއަށް ހުއްޓާލަން ނިންމި ނިންމުމަކީ ޗައިނާގެ އިގްތިސޯދަށާއި ރާއްޖޭގެ އިގްތިސޯދަށްވެސް އެކަމުން ބޮޑެތި އަސަރު ކުރާނެ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމަކީ ހާލަތަށް ބެލުމަށްފަހު ރާއްޖެއިން އެޅި މުހިއްމު ފިޔަވަޅުތަކެއް ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަމުގެ ސަބަބުން ބައެއް މަޝްރޫއުތަކަށްވެސް މަޑުޖެހުން އަންނާނެ ކަމަށެވެ.

ސަފީރު ވިދާޅުވީ ވައިރަހުގެ ހާލަތން މިހާރު އަރައިގަނެވެމުން އަންނައިރު އުއްމީދަކީ ވީއެންމެ އަވަހަކަށް ޗައިނާއާއި ރާއްޖެއާ ދެމެދު މިހާރު މަޑުޖައްސާފައިވާ ފްލައިޓްތައް އަލުން ފެށިގެން ދިއުން ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.