ފައިބަރު ބޯޓެއް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސް ކުރަން

އެމްއެންޑީއެފް ކޯސްޓް ގާޑް/ ފޮޓޯ- އެމްއެންޑީއެފް

ހއ. އަތޮޅު ސަރަހައްދުން ބޯޓެއް އޮޔާ ދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފްއިން ބުނީ އޮޔާދަނީ 37 ފޫޓުގެ ފައިބަރު ބޯޓެއް ކަމަށެވެ. އެ ބޯޓު އޮތީ ދެފެން ދޭތެރޭ ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.

މި ބޯޓު އަޑިއަށް ދިޔައީ ހއ.އަލިދޫގެ އިރުއުތުރު ފަރާތުން ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. މިބޯޓް އޮޔާގެން ދަނީ ހއ.ދިއްދޫ އާއި ހއ.ވަށަފަރާ ދޭތެރެއަށް ހުޅަނގުއުތުރަށެވެ.

އެހެންކަމުން މި ސަރަޙައްދުން ރޭގަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް  އެމްއެންޑީއެފްއިން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *