އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ކެމްޕެއިން، "ރަށްވެހި ފަތިސް" މާދަމާރޭ ލޯންޗުކުރަނީ

އެމްޑީޕީން މަޖިލިސް އިންތިހާބުގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން ބޭއްވި ހިނގާލުން: ފޮޓޯ / ޓުވީޓާ

ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީން ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ގޮތުން ބާއްވާ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް އެޕާޓީން ނިންމައިފިއެވެ.

އެމްޑީޕީން ބުނީ "ރަށްވެހި ފަތިސް" މިނަމުގައި މާދަމާ ރޭ ބާއްވާ ޖަލްސާ އޮންނާނީ ކާނިވާ ސަރަހައްދުގައި ކަމަށެވެ. އަދި މި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އެމްޑީޕީން ވަނީ އެޕާޓީން ކައުންސިލް އިންތިހާބުގައި ބޭނުންކުރާނެ ޕޯސްޓަރު ހަރުކުރުމުގެ ގޮތުން ހާއްސަ ހަރަކާތެއް ބާއްވާފައެވެ. އެ ހަރަކާތްވެސް އިފްތިތާހު ކޮށްދެއްވީ ރައީސް ސޯލިހާއި ރައީސް ނަޝީދެވެ. މާލޭގައި ކުރިޔަށް ގެންދިޔަ އެ ހަރަކާތް މުޅި ރާއްޖެއަށް އަމާޒުކޮށްގެން އެއް ވަގުތެއްގައި ކުރިޔަށް ގެންދިޔައެވެ.

ކައުންސިލް އިންތިހާބުގައި ވާދަ ކުރުމަށްޓަކައި އެންމެ ފުރަތަމަ ޕްރައިމަރީ ބޭއްވި ޕާޓީއަކީވެސް އެމްޑީޕީއެވެ. އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވިދާޅުވެފައި ވަނީ މަޖިލިސް އިންތިހާބަށްވުރެ ބޮޑު އަގުލަބިއްޔަތެއް ކައުންސިލް އިންތިހާބުގައި ނަގާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *