އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ފަށައިފި

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި އަލަށް ފެށި ސީޓީ ސްކޭންނަށް ނަރުހުން އަހުލުވެރި ކުރުވަނީ/ ފޮޓޯ- އޭއީއެޗް

އައްޑޫސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީޓީ ސްކޭންގެ ހިދުމަތް ފަށައިފިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ، ސީޓީ ސްކޭންގެ ހިދުމަތް ދިނުމަށްޓަކައި އެ ހޮސްޕިޓަލުގެ ނަރުހުންނާއި، ޑޮކްޓަރުން އަދި އެކްސްރޭއި ޓެކްނީޝިއަން އަހުލުވެރިކުރުމަށް ޕްރޮގްރާމްތަކެއް ބާއްވާފައިވާ ކަމަށެވެ.

އަދި މީގެ އިތުރުން އެ ހޮސްޕިޓަލުން ބުނީ މިއަދުން ފެށިގެން ސިޓީ ސްކޭންގެ ހިދުމަތް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް މާލެއިން ބޭރުގައި ގާއިމްކުރެވުނު ޓާޝަރީ ހޮސްޕިޓަލެވެ. މި ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި، އެމްއާރްއައި އާއި، ސީޓީ ސްކޭންގެ ޚިދުމަތާއި، އެންޑޯސްކޯޕީ، ކޮލޮނޮސްކޮޕީ އަދި ބްރޮންކޮސްކޯޕީ ގެ ހިދުމަތް ހިމެނެއެވެ.

އަދި ދަތުގެ ފަރުވާއަށް ޚާއްސަ ޑެންޓަލް ޔުނިޓަކާއި ލޮލުގެ ފަރުވާއަށް ޚާއްސަ ޔުނިޓެއް އަދި ސްޕީޗް ތެރަޕީ، ސައިކައެޓްރިޓް ޔުނިޓެއްގެ އިތުރުން މެޓާނިޓީއަށް ޚާއްސަ ދެ ސުއީޓާއެކު މެޓާނިޓީ ޔުނިޓެއް ވެސް ވަނީ ގާއިމް ކުރެވިފައެވެ. މީގެ އިތުރުން ޑަޔަލަސިސްގެ ޔުނިޓަކާއި، ކަށީގެ ޑިޕާޓްމަންޓެއް އަދި އީއެންޓީއާއި ލޮލަށް ޚާއްސަ ލޭޒާ ސާޖަރީ ޑިޕާޓްމަންޓެއް ވެސް ހިމެނެއެވެ.

އައްޑޫގައި ތަރައްގީ ކޮށްފައިވާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. މިއީ ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަން ފެށި ހޮސްޕިޓަލެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published.