މޯލްޑިވިއަންގެ އެއާބަސް ބޯޓަށް ފައިސާ ނުދައްކާ ގްރައުންޑުކުރި ވާހަކަ ދޮގުކޮށްފި

މޯލްޑިވިއަންގެ އެއާބަސް މަރުކާރުގެ ބޯޓެއް: ފޮޓޯ /މިހާރު

ގައުމީ އެއާލައިން މޯލްޑިވިއަންގެ އެއާބަސް އޭ320 މަރުކާގެ ބޯޓުގެ ލީސް ފީއަށް ދައްކަން ޖެހޭ 1.5 މިލިއަން ޑޮލަރު ނުދައްކާތީ، އެ ބޯޓުގެ އޮޕަރޭޝަންތައް ހުއްޓާލުމުގެ ނޯޓިސް ދީފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކަމުން ގެންދިޔަ ވާހަކަތައް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން މިއަދު ދޮގުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ވަނީ އެ ބޯޓުގެ ލީސް ރެންޓުގެ ގޮތުގައި ދައްކަން ޖެހޭ 1.5 މިލިއަން ޑޮލަރު ދޭން އައިއޭއެސް އިން ދެކޮޅު ހަދާފައިވާ ކަމަށް ބުނެފައެވެ. އަދި އިއްޔެގެ ނިޔަލަށް ބޯޓު ގްރައުންޑް ކުރަން ލީގަލް ނޯޓިސް ދީފައިވާ ކަމަށްވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވާހަކައިގައި ބުނެފައިވެއެވެ.

އެކަމަކު އައިއޭއެސް އިން ބުނީީ އެ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ. މި ބޯޓުތަކަކީ ދުރު ދަތުރުތައް ކުރުމަށް މޯލްޑިވިއަނުން ބޭނުން ކުރާ ދެ ބޯޓެވެ. އެއް ބޯޓަކީ އެއާބަސް އޭ320-200 މަރުކާގެ ބޯޓެކެވެ. އަނެއް ބޯޓަކީ 321-200 މަރުކާގެ ބޯޓެކެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަން ޗައިނާގައި މިހާރު ފެތުރޭ ކޮވިޑް-19 އާ ގުޅިގެން ސީދާ ދަތުރުތައް ހުއްޓާލުމުން، މޯލްޑިވިއަންއަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *