ނަރުސް މީހާ މަރުވީ ދަންޖެހިގެނެއް ނޫން، "ބްލަންޓު އިންޖަރީ" ގެ ސަބަބުން: ފުލުހުން

މަރުވި ނަރުސް މޭރީ ގްރޭސް --

އައިޖީއެމްއެޗުގައިި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސަށް ނިސްބަތްވާ އަންހެން މީހާ މަރުވީ ދަންޖެހިގެން ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

އެންމެ ފުރަތަމަ އަޑުތައް ފެތުރުނީ އެ އަންހެން މީހާ މަރުވީ އަމިއްލަ އަށް ދަންޖެހިގެން ކަމަށެވެ. ނަމަވެސް އެ މީހާގެ މަރުގައި "ޝައްކު" ކުރެވޭ ކަންތައްތަކެއް ހުރުމުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުން ނިންމިއެވެ.

އަދި އަވައްޓެރި އިންޑިއާ އަށް އެ އަންހެން މީހާގެ ހަށިގަނޑު ފޮނުވައިގެން އަންހެން މީހާގެ ޕޯސްޓްމޯޓަމް ހެދިއެވެ. އަންހެން މީހާގެ ހަށިގަނޑު މިހާރު ވަނީ ރާއްޖެ ވެސް ގެނެސްފައެވެ.

އެކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ އެ އަންހެން މީހާ މަރުވީ ދަންޖެހިގެން ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެމީހާ މަރުވީ "ބްލަންޓް އިންޖަރީ" ނުވަތަ އެއްޗެއް ބޭނުން ކޮށްގެން މީހަކު ދިން އަނިޔާއެއްގެ ސަބަބުން ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލާގައި އަންހެން މީހާގެ ފިރިމީހާ ވަނީ ހައްޔަރު ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.