ގުރައިދޫގައި ދެ އަހަރުގެ ކުއްޖަކު ގެނބިގެން މަރުވެއްޖެ

ކ. ގުރައިދޫ ---

ކ. ގުރައިދޫގައި ދެ އަހަރުގެ ކުޑަ ކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމިން ވިދާޅުވީ އެ ކުއްޖާ މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް ކަމަށެވެ. އެކުއްޖާ ފެނުނީ މޫދުން ކަމަށާއި ބެލެވެނީ ގެނބިގެން މަރުވީ ކަމަށް ޔާމީން ވިދާޅުވިއެވެ.

އަދި އެކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ. ކުއްޖާ ހޯދަން މަސައްކަތް ކުރީ އެކުއްޖާ އަށް އަތިރިމަތީގައި ކުއްޖާގެ މަންމަ ކާން ދިނުމަށްފަހު ގެއަށް ތަށިލާން ގޮސް އެނބުރި އައިއިރު ކުއްޖާ ފެންނަން ނެތުމުންނެވެ. އެކުއްޖާ ދިރިއުޅެނީ ރަށުގެ އުތުރު ފަރާތު މޫދާ ކައިރީގައި ހުންނަ ގެއެއްގައެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published.