މިއަދަކީ އަހަރުގައި އަންނާނެ ރީތި ތާރީހުގެ ތެރެއިން ދުވަހެއް، މިއަދު އެކަނި 64 ކައިވެނި!

މިއަދަކީ މިއަހަރުގެ ތެރޭގައި އަންނާނެ ރީތި ތާރީހުގެ ތެރެއިން ދުވަހެެކެވެ. މިއަދަކީ 2022020އެވެ.

ފެމެލީ ކޯޓުން ބުނީ މި ތާރީހުގައި 64 ކައިވެންޏެއް ކޮށްދިނުމަށް އެކޯޓުގައި އެދިފައިވާ ކަމަށެވެ. މި ކައިވެނީގެ ތެރެއިން އެންމެ ގިނައީ ކޯޓުން ބޭރުގައި ކޮށްދޭ ކައިވެނިތަކެވެ.

ރަސްމީ ގަޑީގައި ފެމިލީ ކޯޓުގައި 14 ކާވެންޏަކާއި، ނުރަސްމީ ގަޑީގައި ފެމިލީ ކޯޓުގައި 11 ކާވެންޏަކާ އަދި ނުރަސްމީ ގަޑީގައި ކޯޓުން ބޭރުގައި ޖުމްލަ 39 ކާވެންޏެއް އަގުދު ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.

މިއަހަރުގެ ފެބުރުވަރީ މަހުގެ 19 ވަނަ ދުވަހާއި ހަމައަށް ފެމިލީ ކޯޓުން ޖުމްލަ 305 ކާވެންޏެއް އަގުދުކޮށްދީފައިވެއެވެ. އަދި މިއަދު ކުރާ 64 ކައިވެންޏާއި އެކުގައި އެ އަދަދު 369 އަކަށް އަރާނެ ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.

ރީތި ތާރީހުގައި ކައިވެނި ކުރުމަކީ ރާއްޖޭގައި އާންމުކޮށް ކުރާ ކަމެކެވެ. މިއަދު ކުރާ 64 ކައިވެނީގެ ތެރޭގައި މަޝްހޫރު ފިލްމީތަރި މަރިޔަމް އައްޒަ އަދި އަބްދުﷲ މުއާޒްގެ ކައިވެނި ކުރުމަށް ވަނީ ހަމަޖެހިފައވެެވެ.

މިމަހުގެ ދެވަނަ ދުވަހުވެސް ގިނަ އަދަދެއްގެ ބަޔަކު ކައިވެނި ކުރިއެވެ.

Leave a Reply

Your email address will not be published. Required fields are marked *