ގެއްލިގެން ހޯދަމުން ދިޔަ ސައިކަލެއް ވަލުތެރެއިން ހޯދައިފި

ގެއްލިގެން ހޯދަމުން ދިޔަ ސައިކަލު/ ފޮޓޯ- ޕޮލިސް

އައްޑޫސިޓީ ހިތަދޫއިން ގެއްލިގެން ހޯދަމުން ދިޔަ ސައިކަލެއް ފުލުހުން ވަލު ތެރެއިން ހޯދައިފިއެވެ.

ފުލުހުން ބުނީ، މި ސައިކަލް ހޯދާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ 22:00 ހާއިރު ހިތަދޫގެ ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށެވެ.

އަދި މި ސައިކަލު ހިތަދޫއިން ގެއްލިގެން މައްސަލަ ފުލުހުނަށް ހުށަހަޅާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ ސައިކަލް މިހާރުވަނީ ޓޯ ކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *