ޕީއެސްއައިޕީ މަޝްރޫއުތަކަށް 573 މިލިއަން ރުފިޔާ ހަރަދުކޮށްފި

ބަނދަރެއްގެ ފޮޓޯެއް/ ފޮޓޯ- ޓުވީޓާ

މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުން ޕަބްލިކް ސެކްޓާ އިންވެސްޓުމަންޓު ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ މަޝްރޫއުތަކަށް 573 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި، ސިއްހީ އަދި އިޖުތިމާއި ހިދުމަތްތަކަށް 40.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

އަދި ޕީއެސްއައިފީގެ ބަޖެޓުން ތައުލީމީ ދާއިރާއަށް 13.3 މިލިއަން ހަރަދުކޮށްފައިވެއެވެ. އަދި ޓްރާންސްޕޯޓުގެ ދާއިރާ އިން 29.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ހައުސިންގެ ދާއިރާއިން 11.7 މިލިއަން ރުފިޔާ ޕަބްލިކް ސެންޓާ އިންވެސްޓުމަންޓު ޕްރޮގްރާމަށް މިއަހަރުގެ މި މުއްދަތުގައި ހަރަދުކޮށްފައިާއިރު ބިން ހިއްކުމާއި މަގު ހެދުމަށް މި މުއްދަތުގެ ތެރޭގައި 32.2 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކައެވެ.

މިއަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި ޕީއެސްއައިޕީގެ ގޮތުގައި ފާސްކޮށްފައިވަނީ 10.45 ބިލިއަން ރުފިޔާ އެވެ.

Leave a Reply

Your email address will not be published. Required fields are marked *