ކުރީ ސަރުކާރަށް ވުރެން މިސަރުކާރު ކޮރަޕްޓްކަން އެނގިއްޖެ: އުމަރު

ކުރީގެ ހޯމް މިނިސްޓަރ އުމަރް ނަސީރް./ފޮޓޯ- ވީނިއުސް

ޓީ.އެމް.އޭ ގެ މައްސަލަ ސަރުކާރުން ނިންމި ގޮތާ، ގުޅުންހުރި ކުންފުނި ތަކައް ދެމުންދާ ފައިސާގެ ބޮޑެތި ބަދަލު ތަކުން އިނގިގެންދިޔައީ، މިހާރުގެ އެމް.ޑީ.ޕީ ގެ ސަރުކާރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށްވުރެވެސް ކޮރަޕްޓް ސަރުކާރެއްކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރް ވިދާޅުވެއްޖެ އެވެ.

އުމަރު ނަސީރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ކޮންމެ ބަޔަކުވެސް ވެރިކަމަށް އައުމަށްފަހު ދުނިޔަވީ އެދުންތަކަށް ލެބި، މިސްރާބު ގެއްލި، ވީ ވަޢުދު ތަކުގެ މަތިން ހަދާން ނެތިގެންދާ ކަމަށެވެ.

އަދި މިހިގާ ކަންކަމުގެ ހިތި ނަތީޖާ 2023 ގައި ވޯޓު ފޮށިން ފެނިގެން ދާނެކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، ސިޔާސީ ލީޑަރުންތައް އިންތިޚާބު ކޮށްގެން ލިބޭނީ އެކައްޗެއްކަމަށާއި، ވާނީ އެއްގޮތެއް ކަމަށެވެ. އަދި ނިކުންނާނީ އެއް ނަތީޖާއެއްކަމަށާއި، މިރާއްޖެ ދާންވީ މުޅިން އާ މިސްރާބަކަށް ކަމަށް އުމަރު ވިދާޅުވިއެވެ.

ޓާމިނަލް މައްސަލައިގައި ފިނޭންސްއިން ނިންމީ ޓީއެމްއޭއިން މިހާރު ބޭނުންކުރާ ޓާމިނަލްގެ ބޮޑުމިނާ އެއްވަރުގެ ސަރަހައްދެއް، މިހާރު ބިމު ކުލި ނަގާ ރޭޓުން އާ ސީޕްލޭން ޓާމިނަލުން ދެ އަހަރުގެ މުއްދަތަކަށް އެ ކުންފުންޏަށް ދިނުމަށެވެ.

އެއީ ލައުންޖު ޖާގަ ވެސް ހިމެނޭ ގޮތަށް އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން، ޖުމްލަ 6،300 އަކަމީޓަރެވެ.

ޓީއެމްއޭގެ އިތުރުން އެހެން އޮޕަރޭޓުންނަށް ޓާމިނަލުން ޖާގަ ދޭން ޖެހޭނީ ޓީއެމްއޭއަށް ބިން ކުއްޔަށް ދިން އަގާއި އެއް އަގެއްގައި ކަމަށާއި ބާކީ އޮންނަ ޖާގަ ދޭން ޖެހޭނީ ބިޑު އުސޫލުން ދެ އަހަރުގެ މުއްދަތަކަށް ކަމަށް މެމްބަރުން ފާހަގަ ކުރެއްވި އެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.