ހިޔާ ފްލެޓު ސަރަހައްދުގައި ކްލިނިކެއް ހެދުމަށް ހަވާލުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދަން ހަވާލު ކޮށްފައިވާ ކްލިނިކުގެ ފޮޓޯއެއް ---

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓުތައް ސަރަހައްދުގައި މެޑިކަލް ކްލިނިކެއް އެޅުމަށް ބަޔަކާއި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލުކޮށްފިއެވެ.

މި ކްލިނަކަށް ކިޔަނީ "ލައިފް ސަޕޯޓް މެޑިކަލް ސެންޓަރ" އެވެ. އެ ކްލިނިކު ހަދަނީ ހިޔާ ފްލެޓުގެ 12 ވަނަ ފްލެޓުގެ ހަތަރުވަނަ ޔުނިޓުގައި ކަމަށް އެޗްޑީސީ އިން މައުލޫމާތުދެއެވެ.

އެ ކްލިނިކު ހެދުމަށް ހަވާލު ކޮށްފައި ވަނީ ޕައިތަން ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތް ތިންމަސް ދުވަހުގެ ތެރޭގައި ނިންމާލަން ޖެހެއެވެ.

ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އެޗްޑީސީ އިން އަންނަނީ އެ ސަރަހައްދުގައި ކޮންމެހެން ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް ގާއިމް ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އަސާސީ ޚިދުމަތް ދިނުމަށްވުރެ އެޗް.ޑީ.ސީ ބަލަނީ ވިޔަފާރި ކުރަން. ސިއްހީ ޚިދުމަތަކީ އަސާސީ ޚިދުމަތެއް ތިތަނުން ހިލޭ ބޭސްފަރުވާ ކުރެވޭނެތަ؟

ހިޔާލު ދެއްވާ!

Your email address will not be published.