ޓްރާންސްޕޯޓުން ވަކިކުރި ނުވަ މުވައްޒަފެނުގް މަގާމަށް މީހުން ނެގުން މަޑުޖައްސާލަން އަންގައިފި

މިނިސްޓަރު ނަހުލާ މަޖިލީހުގެ ކޮމިޓީގައި/ ފޮޓޯ- މަޖިލިސް

ޓްރާންސްޕޯޓު މިނިސްޓްރީން ވަކި ކުރި ނުވަ މުވައްޒަފެއްގެ މަގާމަށް މީހުން ނެގުން މަޑުޖައްސާލުމަށް ވަޒީފާއާއި ބެހޭ ޓްރައިބިޔުނަލުން ސިވިލް ސާވިސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްފި އެވެ.

ވަޒީފާއާއި ބެހޭ ޓްރައިބިޔުނަލުން ސިވިލް ސާވިސް ކޮމިޝަނުގެ މައްޗަށް މިހެން އަމުރުކުރީ، ޓްރާންސްޕޯޓު މިނިސްޓްރީން ވަކި ކުރި ނުވަ މުވައްޒަފަކު އެ މީހުން ވަކި ކުރި މައްސަލަ ހުށަހަޅައި ވަގުތީ އަމުރަކަށް އެދުމާއި ގުޅިގެންނެވެ.

ޓްރައިބިއުނަލް އިން ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް ނެރެފައިވާ އަމުރުގައި ވަނީ ޓްރާންސްޕޯޓުން ވަކިކުރި ނުވަ މުވައްޒަފުން އަދާކުރި މަގާމުތަކަށް އެހެން މުވައްޒަފުންތަކެއް ހަމަޖައްސައިފި ނަމަ މައްސަލަ ހުށަހެޅި ނުވަ ފަރާތުގެ ހައްގު ގެއްލިގެން ދާނެ ކަމަށެވެ. އަދި ޓްރައިބިއުނަލުން ނިންމާ ނިންމުންތަކުގެ ބާރުވެސް ކެނޑިގެން ހިނގައިދާނެ ކަމަށެވެ.

މި މައްސަލާގައި ޓްރާންސްޕޯޓުން ބުނެފައިވަނީ މަގާމުން ވަކި ކޮށްފައިވާ ނުވަ މުވައްޒަފުންގެ މަގާމުތަކަކީ މުވައްޒަފުން ނެތުމުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ހުރަސް އެޅިގެންދާ ކަމެއް ކަމަށެވެ.

އެހެންކަމުން ޓްރައިބިއުލަނުން ވަނީ އެ މަގާމުތަކަށް ދާއިމީ މުވައްޒަފުން ނުނެގި ކަމަށްވީ ނަމަވެސް ހިދުމަތަށް ބުރޫ ނާރާ ގޮތަށް ކަންކަން އިންތިޒާމު ކުރުމަށް އަމުރުކޮށްފައެވެ.

ޓްރާންސްޕޯޓުގެ 11 މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގެ ޗިޓު އެ މުވައްޒަފުންނަށް ފޮނުވީ މިދިޔަ އޮކްޓޫބަރު މަހުގެ 22ވަނަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *