މަޖިލީހުގެ ރިޔާސަތާ ނަޝީދު ހަވާލުވެވަޑައިގެންފި

ރައީސް މުހައްމަދު ނަޝީދު ---

ބޭސްފަރުވާއަށްފަހު ރާއްޖެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާ، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެވަޑައިގެންފިއެވެ.

މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގިނަ މެމްބަރުން ވަނީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ.

ނަޝީދު އެންމެފަހުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާފައި ވަނީ މިއަހަރުގެ އެޕްރީލް 29ގައެވެ.

މިއަހަރުގެ މެއި 6 ވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށްފަހު، ލިބުނު ޒަހަމްތަކަށް އޭޑީކޭއިން ފަރުވާ ހޯދުމަށްފަހު އިތުރުފަރުވާއަށް ޖަރުމަނަށް ނަޝީދު ވަޑައިގެންނެވީ ހަމަލާއަށް ހަފްތާއެއް ވީ ދުވަހު މެއި  13ގަ އެވެ.

ނަޝީދު ރާއްޖެ ވަޑައިގެންނެވީ ހަތަރު މަހާއި 28 ދުވަސް ފަހުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.