ޕީޕީއެމް ޓިކެޓުގަ މާލޭ ސިޓީ މޭޔަރުކަމަށް ޑރ. މުއިއްޒު، އައްޑޫ ސިޓީ މޭޔަރުކަމަށް ލަތީފް!

(ކ-ވ) ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރީގެ އެމްޑީ ލަތީފު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު --

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި މާލޭ ސިޓީ މޭޔަރުކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ލަތީފް ކުރިމަތިލައްވަން ނިންމަވައިފި އެވެ.

އެނގިފައިވާ ގޮތުގައި ލޯކަލް ކައުންިސލް އިންތިހާބަށް ވާދަކުރެއްވުމަށް ޑރ. މުއިއްޒުގެ ފޯމު މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފަ އެވެ. އަދި ލަތީފްގެ ފޯމު ޕީޕީއެމްގެ ފަރާތުން މާދަމާ އެ ކޮމިޝަނަށް ހުށަހަޅާނެ ކަމަށް މައުލުމާތް ލިބެއެވެ.

އައްޑޫގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވަނީ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރެވެ.

މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، އަދި ގާނޫނީ ވަކީލް އަނަސް އަބްދުއްސައްތާރެވެ. މީގެ އިތުރުން އަމިއްލަ ގޮތުން ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވެސް މާލޭގެ މޭޔަރުކަމަށް ނުކުންނަވަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *