ކައުންސިލް އިންތިހާބަށް ފޯމް ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވާނެ

އިލެކްޝަން ކޮމިޝަނުގެ މެންބަރުންތައް/ ފޮޓޯ- އީސި

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތި ލުމަށް ފޯމް ހުށަހެޅުމުގެ މުއްދަތު މާދަމާއަށް ހަމަވަނެ އެވެ.

ކައުންސިލް އިންތިހާބަށް ފޯމް ލުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ފޯމް ލުމުގެ މުއްދަތު ހަމަވަނީ މި މަހުގެ 24 ވަނަ ދުވަހުގައެވެ.

ލޯކަލް ކައުންސިލް އިންތިހާބަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުގައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މި މަހުގެ ފަނަރަ ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލް އިންތިހާބަށް ހުށައަޅާފައިވަނީ 141 ފޯމް ކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވާދަކުރުމަށް 50 ފަރާތަކުން ފޯމް ހުށައަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބަށް މިހާތަނަށް ސިޔާސީ ޕާޓީތަކުން ވާދަކުރާނެ ކެންޑިޑޭޓުންގެ ފޯމްތައް ހުށައެއް ނާޅައެވެ. ނަމަވެސް އެމްޑީޕީ، ޕީޕީއެމް އަދި ޖޭޕީން ވަނީ ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ޕްރައިމަރީ ބާއްވާފައެވެ.

ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި 6000 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް ބެލެވޭ އިލެކްޝަންސް ކޮމިޝަނުންވަނީ ބުނެފައެވެ. މިފަހަރުގެ އިންތިހާބުގައި 2،69562 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބޭނެއެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ އިންތިހާބެވެ.

ހިޔާލު ދެއްވާ!

Your email address will not be published.