ބްރިޖާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވޭ!

މޫސުން ގޯސް ކަނޑު ގަދަ ދުވަހެއް ---

ކަނޑުމަގުންނާއި ބްރިޖު އަދި ހައިވޭ އިން ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސް ކޮށްފިއެވެ.

މެޓް އޮފީހުން މިރޭ ބުނީ ކުރިއަށް އޮތް 36 ގަޑިއިރު، ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ހައްސަކޮށް އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކުގައި އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭއިރު ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު
13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.

އަދި ކަނޑުތައް ގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓުން ބުނީ ރާއްޖޭގެ އެކި ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން ވަކިން ހާއްސަކޮށް ކަނޑާއި
ބުރިޖް އަދި ހައިވޭގައި ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް ދަންނަވާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.