މަހްލޫފު، ކެމްޕެއިން ކުރުމަށް ލިބުނީ ކުޑަ ފުރުސަތެއް އެކަމަކު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި

އެމްޑީޕީ ދާއިރާތަކުގެ އިންތިހާބުގައި މަތި އުތުރު ޕްރޮވިންސަށް ވާދަކުރެއްވި މަހްލޫފް ކެމްޕެއިންގެ ތެރެއިން ---

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އެތެރޭގެ އެންމެ ބޮޑު އެއް އިންތިހާބު ކަމަށްވާ ދާއިރާތަކުގެ އިންތިހާބަށް ކުޑަތަން ވެފައި ވަނިކޮށް ވާދަ ކުރެވޭނެ ކަމަށް ނިންމި އަހްމަދު މަހްލޫފު ބޮޑު ތަފާތަކުން މަތި އުތުރު ޕްރޮވިންސް ދާއިރާގެ ރައީސްކަމުގެ މަގާމަށް އިންތިހާބުވެއްޖެއެވެ.

އެ ދާއިރާގެ ރައީސް ކަމުގެ މަގާމަށް މަހްލޫފު ކުރިމަތިލުމާއެކު އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ސޮއި ކުރައްވާ މަހްލޫފަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީ ގައުމީ މަޖިލީހުގައި ވާދަ ކުރުމަށް މަހްލޫފުގެ ޝަރުތު ހަމަ ނުވާ ކަމަށެވެ.

ގައުމީ މަޖިލީހުގެ އިންތިހާބުގައި މަހްލޫފަށް ވާދަ ނުކުރެވޭނެ ކަމަށް އެމްޑީޕީ އިން މަހްލޫފަށް އެންގި ސަބަބަކީ އެންޓި ކޮރަޕްޝަން (އޭސީސީ) ގައި މަހްލޫފުގެ މައްސަލައެއް އޮތް ކަމަށް އެ ކޮމިޝަނުން އެމްޑީޕީ އަށް އަންގާފައި ވާތީއެވެ. އެކަމާއި ގުޅިގެން މަހްލޫފަށް ކަޑަތު ކުރަން ޖެހުނީ އުނދަގޫ އަދި ދިގު ދަތުރެކެވެ. މައްސަލަ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅިއެވެ. އޭރު އެ މަޖިލީހުން ނިންމީ މަހްލޫފަށް ވާދަ ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެ ނިންމުން ނިންމި މަޖިލީހަކީ މުއްދަތު ހަމަވެފައިވާ މަޖިލީހެއް ކަމުން އަލަށް އިންތިހާބުކުރި މަޖިލީހުން މަހްލޫފުގެ މައްސަލަ އަލުން ބަލާ މަހްލޫފަށް ވާދަ ކުރެވޭނެ ކަމަށް ނިންމިއެވެ. އެއީ މި މަހުގެ އަށްވަނަ ދުވަހުއެވެ.

ނަމަވެސް ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި ދާއިރާގެ ހުރިހާ ރަށަކަށް މަހްލޫފު ވަނީ ދަތުރު ކުރައްވާފައެވެ. ބައެއް ރަށްތައް ކޮވިޑްގެ ސަބަބުން މޮނީޓަރިންގައި އޮތުމުން ރަށަށް އެރުމުގެ ފުރުސަތު ނުލިބެއެވެ. އެކަމަކު މިއަދު ބޭއްވި ދާއިރާތަކުގެ އިންތިހާބު މަހްލޫފު ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ.

ގިނަ ރަށްތަކުން މަހްލޫފަށް 80-90 ޕަސެންޓު މީހުން ވޯޓު ދީފައިވެއެވެ. މަތި އުތުރު ޕްރޮވިންސްގައި 32 ރަށެއް ހިމެނެއެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މަހްލޫފަކީީ ވަރަށްް މުރާލިބޭފުޅެއްކަންް ސާބިތުު ކޮށްދެއްވައިފިި ތިލިބިލެއްވިި ކުޑަވަގުތުކޮޅުރޭޭ ތިޔަކުރެއްވިި ހިތްވަރާާ ދެއްކެވިސާބުތުކަންް އެއޮތީީ ފެންނަންް މަރުޙަބާާ މިނިސްޓަރމަޙްލޫފްް ހިތްވަރާއިި ސާބިތުކަމަކީކާމިޔާބީގެެ ތަޅުދަނޑިި ކުރިޔަށްކުރިޔަށްް ދެންވެސްް ކުރިޔަށް

ހިޔާލު ދެއްވާ!

Your email address will not be published.