އަލިފުއްޓަށް އުފަން ހަސަންޓޭ ބަލިކޮށް ދާއިރާގެ ރައީސްކަން ބިގޭ ހޯދައިފި

ހަސަންޓޭ އަދި ބިގޭ ----

ރ. އަލިފުށީ ދާއިރާގެ އެމްޑީޕީ ރައީސް ކަމުގެ މަގާމު މިހާރުވެސް އެ ދާއިރާގެ މަޖިލިސް މެންބަރުކަން ކުރައްވަމުން ގެންދަވާ މުހައްމަދު ރަޝީދު (ބިގޭ) ކާމިޔާބު ކުރައްވައިފިއެވެ.

ބިގޭ އެ އިންތިހާބުގައި ވާދަކުރެއްވީ އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު ހަސަން އަހްމަދު (ހަސަންޓޭ) އެވެ. އޭނާއަކީ އަލިފުއްޓަށް އުފަން ބޭފުޅެކެވެ. މި ދެބޭފުޅުންގެ ތެރެއިން ބިގޭ އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ހަސަންޓޭ އަކީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފެކްޝަނުގެ ބޭފުޅެކެވެ.

މިއީ މިއަދު ކުރިޔަށް ދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ތެރެއިން އެންމެ ވާދަވެރިކޮށް ދިޔަ އެއް ދާއިރާއެވެ. އަލިފުށީ ދާއިރާގެ ރައީސް ކަމަށް ބިގޭ އިންތިހާބުވިއިރު ދާދިފަހުން އެރަށުގެ ބިން ހިއްކާ އެއާޕޯޓެއް އެޅުމަށް ވަނީ އެމްޓީސީސީއާ ހަވާލު ކޮށްފައެވެ.

އަދި ރައީސް ސޯލިހު ވެސް ދާދިފަހުން ވަނީ އެރަށަށް ވަޑައިގެންފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.