އަވަށު ހުރިހާ އަންހެނުންގެ އަންނައުނު ދޮވެ އިސްތިރި ކުރަން ހުކުމެއް ކޮށްފި

އިންޑިއާގެ ސްޓޭޓެއްގެ ބަޔަކު އެއްޗެއްހި ދޮންނަނީ ---

އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ އިންޑިއާގެ 20 އަހަރުގެ ޒުވާނެއްގެ މައްޗަށް ތަފާތު ހުކުމެއް ކޮށްފިއެވެ. އެ ހުކުމް ކޮށްފައި ވަނީ އިންޑިޔާގެ ބިހާރުގެ މަދުބަނީ ޑިސްޓްރިކްޓްގެ ކޯޓަކުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެ ކޯޓުން ވަނީ އެ ފިރިހެން މީހާ ރޭޕްކުރި އަންހެން މީހާ ހިމެނޭ އަވަށުގައި ދިރިއުޅޭ ހުރިހާ އަންހެނުންގެ އަންނައުނު ހަމަސް ދުވަސް ވަންދެން ދޮވެ އިސްތިރި ކުރުމަށް ހުކުމް ކޮށްފައި ކަމަށެވެ. އޭގެތެރޭގައި އެ ފިރިހެން މީހާ ރޭޕްކުރި އަންހެން މީހާގެ އަންނައުނު ވެސް ހިމެނެއެވެ.

އިންޑިއާގެ މަޖްހޯރު ބިހާރު އަވަށު 2،000 އަންހެނުން އުޅޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

"މި ވިލެޖުގައި އުޅޭ ހުރިހާ އަންހެނުން ޖެހޭނެ ކޯޓުގެ އެ ނިންމުމަށް އުފާ ކުރަން،" އެ ވިލެޖުގެ ކައުންސިލަރު ބުނި ކަމަށް ރިޕޯޓުތަކުގައިވެއެވެ. އަދި ބުނީ މިއީ ތާރީހީ ދުވަހެއް ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެ ހުކުމް ކުރި މީހާއަކީ ދޮވެ އިސްތިރު ކުރުމުގެ މަސައްކަތް ކުރާ މީހެކެވެ. އަދި އެ މަސައްކަތް އޭނާ ފުރިހަމަ ކުރުމަށްފަހު އަވަށުގެ ކައުންސިލަރުގެ ލިޔުމެއް ކޯޓަށް ހުށަހަޅަން ވެސް ޖެހެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.