ސައިކަލުން ކަހާލައިގެން ވެއްޓި މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

މިއަދު ހަވީރު ހުޅުމާލެއިން މާލެއަށް ދާން ސައިކަލެއްގައި ދިޔަ މީހަކު ހައިވޭއި މަތިން ކަހާލައިގެން ވެއްޓި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މި ހާދިސާއާއި ގުޅޭ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 15:40 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާއަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ބޮލުގެ ފުއް ކިބައިން ފަޅައިގެން ގޮސް އަނގައިން ލޭ އަންނަކަމަށާއި، އަދި ހަށިގަނޑުގެ އެކި ތަންތަނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.