ޖާބިރު މަތިވެރިއަށް ވަޑައިގަތުމުން އޭނާއާ ދެކޮޅަށް ރަށުގެ ރައްޔިތުން ނިކުމެއްޖެ

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ: ފޮޓީޯ / މަޖިލިސް

ރައްޔިތުން މަޖިލީހުގެ ކާށީދޫ ދާއިރާގެ މެންބަރު ޖާބިރު އއ. މަތިވެރިއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން އޭނާއާ ދެކޮޅަށް ނިކުމެއްޖެއެވެ.

ސޯޝަލް މީޑިއާގައި ވަނީ ޖާބިރު އެރަށަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން އޭނާއާ ދެކޮޅަށް ނިކުމެ އަޑު އުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެފައެވެ. ޖާބިރުގެ ރައްކާތެރިކަމަށްޓަކައި އެ ވީޑިއޯ އިން ފެންނަ ގޮތުގައި ޖާބިރު ވަނީ މަތިވެރީގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ވަޑައިގެންފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖާބިރު އަށް ސަލާމަތާއި ރައްކާތެރިކަން ފުލުހުން ފޯރުކޮށްދީފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މަތިވެރީގެ ރައްޔިތުން ޖާބިރާއި ދެކޮޅަށް ނިކުމެ އަޑު އުފުލަމުން ދަނީ އެރަށުން އޭނާ ބައްލަވައިގެންފައިވާ ބިންތަކަކަށް ފައިސާ ނުދައްކާ މައްސަލައެއްގައެވެ. އިތުރު މައުލޫމާތު ހޯދާލުމަށް އެރަށުގެ ކައުންސިލަށް "ހަތާވީސް" އިން ގުޅުމުން އެއްވެސް މެންބަރަކު ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.