އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު އައިސީޔޫގައި

މީގެ ކުރިން މާލޭގައި ހިނގައިދިޔަ އެކްސިޑެންޓެއްގެ ތެރެއިން/ ފޮޓޯ: ފުލުހުން

މާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބި އައިޖީއެމްއެޗް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ، މިއަދު 15:30 ހާއިރު ދަރުބާރުގެއާއި މޫންލައިޓް ހިނގުން ގުޅުނު ކަންމަތިން ސައިކަލެއްގައި ދުއްވާފައި ދިޔަ މީހަކު ކަހާލައިގެން ވެއްޓި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމަތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.

އަދި އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އޭނާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހޭނާރާކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

މި އެކްސިޑެންޓު ހިނގި އިރު ދުއްވަން އިން މީހާ އަތުގައި އެއްގައު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.