ހުޅުމާލޭގެ އިމާރާތަކުން މީހަކު ވެއްޓި އަނިޔާވެއްޖެ

ހުޅުމާލެ/ ފޮޓޯ- އެޗްޑިސީ

ހުޅުމާލޭގައި ހަދަމުންދާ އިމަރާތެއްގެ ބޭރުގަ ކުލަލާން އުޅުނު މީހަކު ވެއްޓި އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ، މިކަމާއި ގުޅޭ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 17:45 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 29 އަހަރުގެ ބަންގްލަދޭޝް ރައްޔިތަކަށް ކަމަށެވެ.

މި މީހާ ކުލާ ލާން ހުރީ އެ އިމަރާތުގެ ދެވަނަ ފަންގިފިލާގެ ގޮޅިޔަށްވީ ދިމާލު ބޭރު ފާރުގަ ކަމަށާއި، އެގޯޅި ތެރޭގަ ހުރި ޖަންކްޝަނެއް މައްޗަށް އޭނާ ވެއްޓި މޫނަށާއި ބޮލަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި އޭނާއަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާކަމަށް ފުލުހުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *